Friday, January 2, 2009

ޕޮލިޓިކްސް އަކީ ކޮބާ؟

ޕޮލިޓިކްސްއަކީ އެމީހަކު ދިރިއުޅޭ ވެއްޓެއްގައި ނުވަތަ މުޖުތަމަޢުގައި ސަރުކާރުހިނގާގޮތާއި މެދު ފިކުރުހިންގާ އެކަންތައްތައް އަމިއްލައަށް ދެނެގަތުމެވެ. މީހުންގެ މެދުގައި މުއާމަލާތުކުރެވޭގޮތާއި، ވިސްނުމާއި އަދި އެކަމަކާއި ގުޅޭ އިދާރާއަކުން ފޯރުކޮށްދޭ އަދި އަމާޒުކުރާ ކަންތައްތައްކުގެ ހަމަތައް ދެނެގަތުމާއި، އެޚިދުމަތަކާއި ގުޅިގެން ފޯރުކޮށްދޭ ކަންތައްތަކާއި ވަސީލަތްތައް ބެހިފައި ނުވަތަ ބަހާލެވިފައިވަނީ ކިހިނަކުންކުންތޯ ބެލުމެވެ. މިސާލަކަށް އެހިދުމަތް ނުވަތަ ކަންތައްތައް ލިބުނީ ކޮންބަޔަކަށްތޯއާއި، ފޯރުކޮށްދެވުނީ ކޮންއިރަކު، ކިހިނަކުން، ކޮންއުސޫލަކުން، ކީއްވެކަމާއި އަދި އޭގެ ހަޤީޤަތަކީ ކޮބައިކަމާއި، ހަމަހަމަކަމާއި، ޒިންމާދާރުކަމާއި، ޖަވާބުދާރީވުމާއި، އޭގެ ނުރަނގަޅު އަސަރުތަކާއި، އެއަށް ޤާނޫނީ ބާރުލިބިފައިވަނީ ކިހާވަރަކަށްކަމާއި އެކަން ނިންމާފައިވާ ގޮތާއިމެދު ވިސްނުމެވެ.

ބައިނަލްއަޤުވާމީ ނުވަތަ ސަރަހައްދީ ޤައުމުތައް ނުވަތަ ޖަމާއަތްތައް އެތަނެއްގެ ނުވަތަ ޤައުމެއްގެ ސިޔާސީކަންތައްތައްތަކުގެ ތެރެއަށް ވަނުން ބިނާވެފައި އޮންނާނީ އެޤައުމެއްގައި އެއިރަކު ސިޔާސީ ގޮތުން އޮތްހާލަތެއްގެ މައްޗަށެވެ. މިގޮތުން ބައިނަލްއަޤުވާމީ ގުޅުންތަކާއި ދުރު އަދި އެތަނެއްގައި ދާހިލީ ހަމަނުޖެހުން އޮންނަ ތަންތަނާއި މެދު އަބަދުވެސް ބައިނަލްއަޤުވާމީ ގޮތުން އެފަދަ ޤަޢުމުތަކަށް ބާރުފޯރުވޭފަދަ ޤައުމުތަކާއި ޖަމާއަތްތައް ކަންބޮޑުވުންފާޅުކުރާނެއެވެ. ބައިނަލްއަޤުވާމީ ޤައުތަކާއި ޖަމާއަތްތަކުން އަބަދުވެސް މަސައްކަތްކުރާނީ ޒިންމާދާރުގޮތެއްގައި ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކުރުމުގެ މައްޗަށެވެ. އަދި ޤައުމުތަކުގެ ސަރުކާރުތައް ހިނގާގޮތާއި ކަމާއިބެހޭ ހިޔާލާއި މަޝްވަރާދިނުމާއި، ފަންނީއެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށެވެ.

ޒިންމާދާރު ސިޔާސީ ނިޒާމެއްކަމުގައި ބެލެވޭނީ އެނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޖަވާބުދާރީވެވޭ މިންވަރެއްގެ މައްޗަށާއި، އެނިޒާމެއްގެ ދަށުން ރައްޔިތުންނަށް ގެނެސްދެވޭ ހަމަހަމަކަމަކާއި، އަދި އެކަމުގެ ސަބަބުން އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތެއްގެ މައްޗަށެވެ. އަދި އެނިޒާމެއްގެ ދަށުން ފޯރުކޮށްދެވޭ ކަންތައްތަކާއި ވަސީލަތްތައް ބަހާލެވޭ ގޮތެއްގެ މައްޗަށެވެ. މިތިއަރިއަކީ ސިޔާސީ ހޯދުންތަކާއި ތަރީހީގޮތުންނާއި ގަޢުމެއް ސިޔާސީގޮތުން ހިންގުމަށް އެންމެ އެކަށޭނެ ސިޔާސަތު ނުވަތަ ނިޒާމެވެ.

No comments: