Tuesday, December 16, 2008

ސަރުކާރު ޒިންމާދާރުކުރުވުމަށްޓަކައި ހަރުދަނާ ގޮތެއްގައި ފާޑުކިޔަންޖެހެއެވެ...

ޝައްކެތްނެތެވެ. 30 އަހަރުވުމަށްފަހު ސަރުކާރެއް ނިމިގެންދާއިރު ރަނގަޅުކުރަންޖެހޭ ލައްކަ ގިނަ ކަންތައްތައް ހުންނާނެއެވެ. އެހުރިހާ ކަންކަމަކީ އެންމެ ދުވަހަކުން ނުވަތަ ދެދުވަހަކުން ރަނގަޅުކުރެވޭނެ ކަންކަމެއްނޫނެވެ. އެހެންނަމަވެސް އަލަށް އުފެދުނު ސަރުކާރުން ކުރާ ކަންތަތައްތަކީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކަޅިއަޅައަޅާ އޮންނާނެ ކަންތައްތަކެވެ.

ކުރީގެ ރައީސުލްޖުމުޙޫރިއްޔާ އަލްއުސްތާޛު މަޢުމޫނު އަބްދުލްގައްޔޫމު 30 އަހަރުވީ ވެރިކަން ރައްޔިތުންގެ ސިއްރުވޯޓަކުން މިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ ނިމިގޮސްފައެވެ. އެވެރިކަން ނިމުމުކަށް ގެނައުމަށްޓަކައި ދިވެހިރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކުންވަނީ އެކުވެ އެކުގައި މަސައްކަތްކޮށް ކާމިޔާބުކޮށްފައެވެ. ފަހަރެއްގައިވެސް ލިބުނު ކާމިޔާބަކީ ވަކި ބަޔެއްގެ މޮޅުކަމަކުން ނުވަތަ ވަކި ބަޔެއްގެ ބާރަކުން ލިބުނު ކާމިޔާބެއް ނޫނެވެ. އިއްތީހާދީންގެ ކާމިޔާބެކެވެ.

ޝައްކެތްނެތެވެ. މިވަގުތު ވެރިކަމުގައި ހުރީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ( އެމް،ޑީ،ޕީ ) ގެ ފަރާތުން ރިޔާސީ އިންތިޙާބަށް ނިކުތް އަލްފާޟިލް މުޙައްމަދު ނަޝީދެވެ. އަދި އެމަނިކުފާނާއި އެކުގައި ކެބިނެޓުގައި ތިއްބެވީ ރިޔާސީ އިންތިޙާބުގެ ފަހުބުރުގައި އިއްތިޙާދުވި ޕާޓީތަކުގެ ބޭފުޅުންނެވެ. ފަހަރެއްގައިވެސް މިއީ އެމް،ޑީ،ޕީގެ ސަރުކާރެއްކަމަށް ބަޔަކު ދުށުމަކީ ވަރަށްބޮޑު ކުށްހީއެކެވެ. މާދާމާވެސް ސަރުކާރުގައި ހިމެނޭ އެހެނިހެން ޕާޓީތަކުގެ ބޭފުޅުން ވަކިވެއްޖެނަމަ ސަރުކާރު ބަލިކަށިވީއެވެ. ތެދުފުޅެކެވެ. ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމެއް ނޫނެެވެ. އެހެންކަމުން އަދި އިއްތިޙާދުގައި ހިމެނޭ ޕާޓީތަކުގެ ބޭފުޅުން ވަކިވެއްޖެނަމަ ސަރުކާރު ނުވެއްޓިދާނެއެވެ. އެހެންނަމަވެސް މިވަގުތު އަޅުގަނޑުމެން ވިސްނާލަންޖެހޭ މުޙިއްމު ނުކުތާއަކީ ރާއްޖޭގައި ރިޔާސީ ނިޒާމްއޮތްނަމަވެސް ރިޔާސީ ނިޒާމުގައި ވެރިއަކަށް ހުންނަ މީހަކަށް ލިބޭ ހުރިހާ ބާރުތަކެއް، ނުވަތަ އެކްޒެކެޓިވް ޕަވަރ ނުލިބޭކަމެވެ. ކުޑަމިނުން ކެބިނެޓްވެސް އެކުލަވާލެވޭނީވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ކުރިންދެންނެވީ ފަދައިން ރާއްޖޭގައި ހިނގަމުންދަނީ ބަރުލަމާނީ ސިފަޔަށް ނުވަތަ އެއްގޮތް ކަންތަައްތަކެއް ހިނގާ ރިޔާސި ނިޒާމެއްކަމުގައި ވީހިނދު އަދި ސަރުކާރު އެކުލެވިގެންވަނީ ތަފާތު ސިޔާސީ ޕާޓީތަށް އެކުލެވިގެންވާ އިއްތިހާދަކުން ކަމަށްވެފައި އެއްއިއްތިހާދު ރޫޅިއްޖެނަމަ ސަރުކާރު ހިންގުމަކީ މުސްތަހީލުކަމަކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިވަގުތު އެއްވެސް ޕާޓިއަކަށް އަގުލަބިއްޔަތު ނެތުމާއި އެކު އަދި އަދި މަޖިލީހުގައި ހިމެނެ މެމްބަރުން އަމިއްލައަށް އެކި އެކި ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބެފައި މިދެންނެވިފަދަ ދަނޑިވަޅެއް އަތުވެއްޖެނަމަ ސަރުކާރުން ވަކިވި ހުރިހާ ޕާޓިތަކުން އިދިކޮޅަށްތިއްބެވި ބޭފުޅުންނާއި ގުޅި ސަރުކާރު ވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެކަން އެގޮތަށް ހިނގައިފިނަމަ ރައްޔިތުންނަަށް ވާނެ ގެއްލުމާއި މެދު ވިސްނަވާލައްވާށެވެ.

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުކަމަށްވެފައި، އެ އިންތިހާބުގައި އެމް،ޑީ،ޕީ އިން އެޕާޓީގެ ގޮޑިތަށް އިތުރުކުރަން ބޭނުންވާ ފަދައިން ސަރުކާރުގައި ހިމެނޭ ޕާޓީތަކާއި އަދި ނުހިމެނޭ ޕާޓީތަކުންވެސް އެޕާޓީތަކުގެ ފަރާތުންވެސް ވިހާވެސް ގިނަ ގޮނޑިތަށް ކާމިޔާބުކުރުމަށް މަސައްކަތްކުރާނެއެވެ. އެއީ އެކަންވާނެގޮތެވެ. އަދި އެމް،ޑީ،ޕީ އިން މަޖިލީހުގެ ހުރިހާ ގޮޑިއެއް ކާމިޔާބުކުރުމަށް މަޤާމުގެ ނުފޫޒާއި، ބާރާއި، ފައިސާ ބޭނުންކުރުމަކީ އަމިއްލައަށް ދައުވާކުރަމުންއައި ސިޔާސީ ގޮތުން ކުޅަނދުހަމަވުން އެއީ ކިހާވަރެއްގެ ހަޤީޤަތެއްކަން އަންގައިދޭކަމެކެވެ. އަދި އެމް،ޑީ،ޕީގެ ފަރާތުން ފިޔަވައި އެހެން ޕާޓީތަކުން ކުރިމަތިލައްވާ އެކި އެކި ބޭފުޅުންނާއި އެބޭފުޅުންނަށް އެހީތެރިވެލައްވާ ބޭފުޅުންގެ ބަލިކަށިކޮށްލުމަށް ތަފާތު ފާޑުފާޑުގެ އިންޒާރުދީ ހެދުމަކީ ތިމާމެންގެ ބަލިކަށިކަމުގެ ހެއްކެކެވެ.

ޤާނޫނު އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހިރަައްޔިތެއްގެ ހައްގެކެވެ. އެކަމަށް ހުރަސް އަޅަން އުޅުމަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމެވެ. ހުދުމުޙުތާރިއްޔތުގެ ސިފައެކެވެ. އެހެންކަމުން ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެކި އެކި ޕާޓީތަކުގެ ބޭފުޅުންނާއި ދިމާކޮށް ފުރައްސާރަކުރުމުގައި ބަދަލުގައި ތިމާމެން އަމިއްލައަށް ދައުވާ ކުރަމުންއައި ޑިމޮކްރަޓިކް އުސޫލުތަށް ޤަބޫލުކުރައްވާށެވެ. އަދި ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކީ ހާއިނެއް ނުވަތަ ވިކިފައިވާ މީހެެއްކަމަށް ދައުވާކުރާއިރު ތިމާގެ ހާލަތުގެ މައްޗަށް އެންމެ ފަހަރަކުވެސް ވިސްނާލެއްވިންތޯއެވެ؟ ކުޑަމިނުން އަމިއްލައަށް ތިމާގެ ހިތުގެ ޝުއޫރު ފާޅުކުރުމުގެ ބާރެއް ނެތްކަން ދެނަހުރިންހެއްޔެވެ. ނަފްސުގެ މިނިވަންކަމަށްވުރެ ބޮޑު މިނިވަންކަމެއް އޮންނާނެތޯއެވެ؟

ވަކި ހިޔާލަކަށް ނުވަތަ ވަކި ފިކުރަކަށް ގެއްލި ހުސްވެފައި ތިބުމަކީ އެބައެއްގެ ހަލާކެވެ. އެމް،ޑީ،ޕީ ހިމެނޭ ސަރުކާރެއް ވައްޓާލެވޭނީ އެމް،ޑީ،ޕީގެ މެމްބަރުންނަކަށް ނޫނެވެ. އެސަރުކާރު ވައްޓާލެވޭނީވެސް އަދި ފާޑުކިޔޭނީ ވެސް ސިޔާސީގޮތުން އެމް،ޑީޕީ އާއި އިދިކޮޅު ހިޔާލުގެ މީހުންނަށެވެ. މިއަދު އެމް،ޑީ،ޕީއަކީ މާ ބާރުގަދަ ޕާޓީއެއްކަމުގައި ދައުވާކުރާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައިސުލްޖުމުހޫރިއްޔާގެ މައްޗަށް ކާމިޔާބު ނުހޯދުނީ ކީއްވެގެންތޯއެވެ؟ އެހެންކަމުން އެމް،ޑ،ޕީގެ މެމްބަރުން މަތިހަށިނަގާފަ ދެންތިބި ދިވެހިރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްނުކޮށް އުޅެންޖެހޭ ސަބަބެއްނެތެވެ. ކުރިއަށް އިންތިހާބުގައި އެމް،ޑީ،ޕީއަށް އަގުލަބިއްޔަތު ލިބުމަކީ މުސްތަޙީލުކަމެކެވެ.

ސަރުކާރަށް ފާޑުކިޔުމަކީ އޮންނަންޖެހޭނެކަމެކެވެ. މަގުމަތީގައި އެންގަދައަށް އަޑުގަދަކޮށް ވަކާލާތުކޮށް ހޯދި މިނިވަންކަން އޭގެ ފުރިހަމަގޮތުގައި ބޭނުންކުރަން ލިބުނު ހިނދު ސަރުކާރަށް ފާޑުކިޔުމަށް އެމިނިވަންކަމުގައި ބޭނުންހިފިޔަ ނުދިނުމަށް މަސައްކަތްކުރަމީ ނުވަތަ އެމިނިވަންކަން ބޭނުންކުރާ ސިޔާސީ ފަރާތްތަކަށް ފުރައްސާރަކުރުމަކީ ޑިމޮކްރަސީކަމުގައިވަނީ ނަމަ މިވީހާދުވަހު އަޅުގަނޑުމެން މިކުރީ ކޮންކަމެއްތޯއެވެ؟ ދިވެހިރާއްޖޭގައި ތިބި އެމް،ޑީ،ޕީއަށް ސަޕޯޓްކުރާ މީހުންނަށްވުރެ ނުކުރާ މީހުންގިނަކަން ހަދާންކުރައްވާށެވެ. އެއީ ވެސް ދިވެހިރައްޔިތުންނެވެ. ގަދަބާރުންކަންކަން ހާސިލެއްނުކުރެވޭނެއެވެ.

Tuesday, December 2, 2008

I have never been in my life where i felt this much pleasure within me at all. But every human being has to face moments in life. so for me this moment is always special for as it was exactly three years ago. sometimes i feel it is much much special now. coz, like every other things in life, this moment has brought me a special pleasure with good experience in both end.